ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި އައި ކާރެއް އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

މަންޒަރުދުއް މީހުން މައުލޫމާތު ދިން ގޮތުގައި ސައިކަލު ދުއްވަންއިން މީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެއެވެ. އަދި އެމީހާ ޕިކަޕެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް މަންޒަރުދުށް މީހުން ބުނެފައިވެއެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުގައި މިފަހުންވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އަދި ބްރިޖާއި ހައިވޭގައިވެސް އެކްސިޑެންޓްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.