Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ހުޅުދޫ-މީދޫގައި ބާއްވާ އެންމެ ބޮޑު ނެޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގައި ބާއްވާ އެންމެ ބޮޑު ނެޓްބޯޅަ މުބާރާތް އަންނަ ހަފްތާގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މީދޫ ޗެއިން ޖަމިއްޔާއިން ބާއްވާ "އެމްއީސީ ބަދަހި ކަޕް"ގައި މި އަހަރު ވެސް މުވައްސަސާތަކުން ނާއި އަމިއްލަ ކްލަބުތަކުން ބައިވެރިވެ އެވެ. މިއަހަރުގެ މުބާރާތުގައި ފަސް ޓީމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހުޅުމީދޫ ޕޮލިހާއި ވެމްކޯއާއި އަމިއްލަ ތިން ޓީމަކުން ބައިވެރިވެ އެވެ. މުބާރާތުގެ ވާދަކުރާ ފަސް ޓީމްގައި މެދުގައި މިހާރު ވަނީ ގުރުއަތުލުން ބާއްވާފަ އެވެ.

މުބާރާތުގައި ޓީމްތައް ބައްދަލުކުރާނެ ގޮތް ހަމަ ޖެހިފައިވާ ތާވަލު،

މިއަހަރުގެ މުބާރާތުގައި ޗެންޕިއަންޓީމަށް 10000ރުފިޔާ އަދި ރަނަރަޕްޓީމަަށް 5000 ރުފިޔާ ހުށައަޅާފައިވެ އެވެ.

މި މުބާރާތަކީ ހުޅުދޫ އާއި މީދޫގައި އުޅޭ އާއްމުންގެ މެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ޗެއިން ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ޓީމްތަކުން ރަށުން ބޭރުން ކުޅުންތެރިންވެސް ބައިވެރިކުރެ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމްގެ ކުޅުންތެރިންވެސް ހިމެނެ އެވެ.

މި މުބާރާތުގެ މީޑިޔާ ޕާޓްނަރަކަަށް ހަމަ ޖައްސާފައިވަނީ އައްޑޫލައިވް އެވެ. އައްޑޫލައިވް ފޭސްބޫކް ޕޭޖްމެދުވެރިކޮށް މުބާރާތުގެ މެޗްތައް ލައިވްކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

މުބާރާތް ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ދެ މެޗް ކޮންމެ ރެއަކުން ވެސް ކުޅޭނެ އެވެ. ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗްތައް ކުޅޭނީ ރޭގަނޑު އެވެ.