ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކުރުމުން ދައުވާ އުފުލާފައިވާ މުހައްމަދު ރުސްތުމް މުޖުތުބާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ރުސްތުމްގެ މައްޗަށް އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމުގެ ދައުވާއާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލަތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް ރުސްތުމް ބަލިހާލަތު ބަޔާންކޮށް ކޯޓަށް ހާޒިރުވަން އުޒުރުވެރިވުމުން މިއަދުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ދީނަށް ފުރައްސާރަކުރުމުގެ އެކި މައްސަލަތަކުގައި 2019 އަދި 2020 ވަނަ އަހަރުވެސް ރުސްތުމް ހައްޔަރުކޮށްފައިވެއެވެ. އޭނާގެ މައްޗަށް މި މައްސަލަތަކުގައި ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުއެވެ.