Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކާއެކު އިތުރު ތިން މީހުން ހައްޔަރުކޮށްފި

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހިއުމަން ޓްރެފިކިންގެ މައްސަލައިގައި އެ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަަނީ 28 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށާއި، އޭގެތެރޭގައި ފުލުހަކާއި ބިދޭސީއެއްވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިމައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ހައްޔަރުގައި ހުރި ފުލުސް މީހާ ހުރީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލައިގައި ހައްޔަރުގައިތިބި ހަތަރު މީހުންގެ ތެރެއިން ދެމީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވެއެވެ.