Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ހިޔާ ފްލެޓްތަކުގެ ލިފްޓް ސަރަހައްދުގެ ޖާގަ ބޮޑު އިތުރުކުރަނީ

ހިޔާ ފްލެޓްތަކުގެ ލިފްޓް ސަރަހައްދުގައި ޖާގަ އިތުރުކުރުމުގެ މަސައްކަތް އެޗްޑިސީން ފަށައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ހިޔާ ފްލެޓްތަކުގެ ލިފްޓް ހިމެނޭ ސަރަހައްދުގައި ޕީކް ގަޑީތަކުގައި ތޮއްޖެހޭ ކަމަށާއި، އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެގޮތުން ހިޔާ ފްލެޓުގެ ލިފްޓް ހިމެނޭ ސަރަހައްދު އޭރިއާ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާގެ 26 ޓަވަރުގައި މިހާރު ގިނަ ބަޔަކު އަންނަނީ ދިރިއުޅެމުންނެވެ. އޭގެން ކޮންމެ ޓަވަރެއްގައި 25 ބުރި ހުންނައިރު ބައެއް ވަގުތުތަކުގައި ލިފްޓް ހިމެނޭ ސަރަަހައްދުގައި ވަރަށް ބޮޑަށް ތޮއްޖެހެއެވެ.