Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

8 ދިވެހިން އޮމިކްރޯންއަށް ޕޮޒިޓިވް ވެއްޖެ

ފޮޓޯ: އަހުމަދު ޝުރާއު/އޭއެފްޕީ

ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯންއަށް އަށް ދިވެހިން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މި ހަފްތާގައި ހަތް ދިވެއްސަކު އޮމިކްރޯންއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އަދި މިދިޔަ ހަފްތާގައިވެސް ދިވެއްސެއް އޮމިކްރޯންއަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އެހެންކަމުން ޑެލްޓާ ވޭރިއަންޓަށް ވުރެވެސް ބާރަށް އޮމިކުރޯން ފެތުރެމުން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޮމިކްރޯން ކޭސްތައް ފެނިފައިވަނީ ކުޑަހުވަދޫއިން އެއް ކޭސް މާފުށިން ތިން ކޭސް އަދި މާލެއިން ހަތަރު ކޭސްއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޑެލްޓާގައި ކޭސްތައް ބޮޑަށް ފެނުނީ މާލެއިން ނަމަވެސް އޮމިކްރޯންގެ ކޭސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނާނެކަމަށް ބެލެވޭ ކަމަށެވެ.