Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ބޫސްޓަރ ޑޯޒް ޖަހަން، މިމަހު ފަހުކޮޅުގައި ފަށަނީ

މީހަކު ވެކްސިން ޖަހަނީ - ފޮޓޯ: އަވަސް

ބޫސްޓަރ ޑޮޒް ޖަހަން، މިމަހުގެ ފަޅުކޮޅުގައި ފަށާނެކަން ހާމަކޮށްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ގައިދުރުކަން ބެހެއްޓުމާއި އަތް ސާފުކުރުމާއި މާސްކް އެޅުމާއި އަދި ވެކްސިން ޖެހުންކަމަށެވެ.

އެގޮތުން ބޫސްޓަރ ޑޯޒް ޖަހާ ފަރާތްތަކަށް ބަލިން ރައްކާތެރިވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް ޑރ. ޝާހް ވިދާޅުވީ މިމަހުގެ ފަޅުކޮޅު ބޫސްޓަރ ޑޯޒް ޖެހުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން ރާއްޖެއަށް ލިބިފައިވާއިރު، ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް ފެށިފައި ނުވަނީ އެޖެހުމަށް ބޭނުންވާ ސިރިންޖް ރާއްޖޭގައި ނެތުމުންނެވެ.

އެހެންނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސާމާނުވެސް ރާއްޖެއަށް ވަރަސް އަވަހަށް ލިބޭނެކަން ހާމަކޮށްފައިވެއެވެ.

ރާއްޖޭއިން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 396،981 ގައި އުޅޭއިރު، 2 ވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 368،238 އަށް ވަނީ އަރާފައެވެ. އަދި ބޫސްޓަރ ޝޮޓް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު 27،762 އަށްވަނީ އަރާފައެވެ.