ކޮވިޑް-19 އާއި ގުޅޭ މަސައްކަތަށް ބޭނުންވާ ފަރާތްތައް ހޯދުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއިން އިއުލާނުކޮށްފިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއިން ބުނެފައިވަނީ ހޮސްޕިޓަލްގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.
މި މަސައްކަތްކުރާ ފަރާތްތަކުން ދުވާލަކު 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާގެ އެލަވަންސްއެއް ދެވޭނެ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއިން ބުނެފައިވެއެވެ.
ހޯދުމަށް އިއުލާނުކޮށްފައިވާ މަގާމުތައް:
1- ރެޑިޕް ރެސްޕޯންސް ޓީމަށް 10 ވޮލެންޓިއަރ
2- ރެޖިސްޓަރޑް 15 ނަރސް
3- 2 ޑްރައިވަރުން
4- 2 ވެހިކަލް އެސިސްޓެންޓް
5- 5 އެޓެންޑެންޓް ( ޕޭޝަންޓް ކެއަރ)
6- 1 މެއިންޓެނެންސް އެސިސްޓެންޓް
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއިން ބުނެފައިވަނީ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ، ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން، ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް، އަދި 3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް އާއިއެކު ކުރިމަތިލައްވަން ބޭނުންވާ މަޤާމު ބަޔާންކޮށް ސިޓީއަކުން 15 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކޮކުރުމަށް އެދޭކަމަށެވެ.