Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ

މ. މުލަށް--

މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ނިމިއްޖެއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިއޮތް އެމްޓީސީސީން ބުނެފައިވަނީ މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް 23 ޑިސެމްބަރ 2021 ވަނަ ދުވަހު ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 411.90 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 42 މަސައްކަތެއް ނިންމާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.