Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ހުޅުމާލެ ފޭސް2 ގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ފޮޓޯ: ނިޝާން އަލީ / މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

އެޗްޑިސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބިޑަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށެވެ. އަދި ބިޑަށް ކުރިމަތިލާ ފަރާތަކީ އެޗްޑީސީގެ ބޯޑު މެމްބަރަކާ ނުވަތަ ކުންފުނީގެ ވިޔަފާރި ޕާޓްނަރަކާ ނުވަތަ އެޗްޑީސީގެ މުވައްޒަފަކާއި އެއްވެސް މަސްލަހަތެއް އޮންނަ ފަރާތަކަށް ވެގެން ނުވާނެކަމަށެވެ.

މިމަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު މިމަހު 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.

އަދި ބިޑާ ބެހޭ މައުލޫމާތު އެޗްޑީސީ އޮފީހުގެ ގްރައުންޑު ފްލޯއިން ސާފުކުރެވެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.