Last Updated: August 19, 13:41
Tuesday, August 19, 2025
ކުޅިވަރު

މި ދައުރު ފޭދޫ ދަނޑުގައި ލައިޓް ޖެހޭނެ: މިރާ

މިރޭ ޓީމެއްގެ ކުޅުންތެރިންތަކަކާ ސަލާން ކުރައްވަނީ: އޭނާ ވިދާޅުވީ ފޭދޫ ދަނޑުގައި ވަރަށް އަވަހަށް ލައިޓް ޖެހޭނެ ކަމަށް. ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫ ބޯޅަދަނޑުގައި ވަރަށް އަވަހަށް ލައިޓް ޖެހޭނެ ކަމަށް ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ގޮނޑި އަށް އެމްޑީޕީ ޓިކެޓްގައި ހޯދުމަށް ރޭ ކެމްޕޭން ލޯންޗް ކުރަން ބޭއްވި ބައްދަލުވުމުގައި ޒުވާނަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

މިރާ ވިދާޅުވީ ދަނޑުގައި ޖެހުމަށް ބޭނުންވާ ލައިޓްތައް ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތް، އެކަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި މަހުގެ 25 ގެ ކުރިން ލައިޓްތައް އަންނަ ކޮންޓެއިނާ ބޯޓް އަންނާނެ ކަމަށް ވިދާޅުވި އެވެ.

މިރާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގައި އޭނާގެ ދައުރު ނިމި، އަލަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ އަސްވާން (އަތޯ) އޮފީހަށް ނިކުންނަވަން ފެއްޓެވުމުގެ ކުރިން ފޭދޫ ދަނޑުގައި ލައިޓް ޖެހޭނެ ކަމަށެވެ.