Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކާ ބިދޭސީއެއް ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު --

ކަޅުބާޒާރުގައި ޑޮލަރު ގަނެ ވިއްކާ ބިދޭސީއެއް ހައްޔަރު ކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 28 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ މަނިކް މިއާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ނިންމާފައިވަނީ، ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކިހުރިކަމަށް ބުރަވެވޭކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ކޯޓުގައި ބުނެފައިވަނީ، އެމްޑީ މަނިކް މިއާ އަކީ ބޭރުފައިސާ ގަނެވިއްކުމުގައި އުޅޭ މީހެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިކަމުގައި ހައްޔަރުކޮށްފައިހުރި އެމްޑީ މަނިކް މިއާ ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އޭނާއަށް ލިބިފައިވާ ފައިސާ ޖަމާކުރުމަށް ދިޔަ ވަގުތުގައި ކަމަށެވެ.

އެމްޑީ މަނިކް މިއާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.

ކަޅު ބާޒާރުގައި ފައިސާ ވިއްކުން އިތުރުވެފައިވާއިރު އެކަމުގައި ގިނަ އަަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުން އާދެއެވެ.