Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

ނާޒިމް ސައްތާރްގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަނީ

ޤާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބަލަން ފަށައިފިއެވެ.

ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަން ފަށާފައިވަނީ ރިހިވެލި މައްސަލައިގައި ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި، މަައްސަލަ ބައްލަވާ ގާޟީ ޓެގްކޮށް ސޯޝަލް މީޑިއާގައި މައްސަލައާ ގުޅުންހުރި ވާހަކަތައް ދައްކަމުންދާތީއެވެ.

ބާ ކައުންސިލުން ނާޒިމް ސައްތާރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭނާގެ އަމަލަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުންދާ އަމަލުތަކެއްކަމަށާއި އެއީ ވަކީލުންގެ ސުލޫކާ ހިލާފު އަމަލުތަކެއްކަމަށްބުނެ މަހާލް ޓުއަރސްގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝިހާމްގެ ފަރާތުން ބާ ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން ނާޒިމް ސައްތާރްގެ ސުލޫކީ މައްސަލަ ބެލުމަށް ބާ ކައުންސިލުން ނިންމާފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

މިމައްސަލައިގައި ބާ ކައުންސިލުން ވަނީ ނާޒިމް ސައްތާރުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ލިޔުންތަކާއި ހެކިންގެ މައުލޫމާތު 19 ޖެނުއަރީ 2022 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.