ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، މިވަގުތުވެސް އެދާއިރާގެ ރަށްތަކުގައި ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ މެމްބަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މީގެއިތުރުން އިއްޔަ ވަނީ ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއާއި ކޮމަންޑޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު @FaisalNasym ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގަތުމަށް ފޯކައިދޫއަށް ވަޑައިގަތުން#VoteRashid#Agenda19 pic.twitter.com/8uBEpUCKR3
— MDP Secretariat (@MDPSecretariat) January 15, 2022
ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަޑައިގެންފައިވާއިރު، ޕީޕީއެމްގެ ކެނޑިޑޭޓްގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައިވެއެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.
ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.