Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

ކޮވިޑް-19: 13 ރަށެއް މޮނިޓަރިންގައި

ފޮޓޯ: އައްޑޫލައިވް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މޮނިޓަރިންގައި މިވަގުތު 13 ރަށެއް އޮތްކަން ހާމަކޮށްފިއެވެ.

މާލެ އާއި އަތޮޅުތެރޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން އިތުރު ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.

އެޗްޕީއޭއިން އެންމެފަހުން ހާމަކޮށްފައިވާގޮތުގައި މިވަގުތު މޮނިޓަރިންގައި އޮތީ ކ. ތުލުސްދޫ، ހދ. ނައިވާދޫ، ދ. ހުޅުދެލި، ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން އަދި ގދ. ގައްދޫއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 102،372 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 4887 ކޭސް އެވެ. މި ބަލިން 97،217 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 23 މީހަކަށެވެ. މި ބަލީގައި 265 މީހަކު ވަނީ ނިޔާވެފައެވެ.