ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ދެވަނަ ޓާމްގެ ކިޔެވުން ފަށައިފިއެވެ.
ދެވަނަ ޓާމްގެ ޗުއްޓީއަށް ފަހު ސްކޫލްތަކުގެ ކިޔެވުން މިއަދު ހެނދުނު ފަށާފައިވާއިރު، ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ރަނގަޅަށް އެޅުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.
އެގޮތުން ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ބަލާ، ސެނަޓައިޒްކޮށް ގައިދުރުކުރުން ހިމެނެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ވެކްސިނޭޝަން ޕްރޮގްރާމްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެޑިއުކޭޝަނުން ހާމަކޮށްފައިވާގޮތުގައި 90 އިންސައްތަ ދަރިވަރުން ވެކްސިން ފުރިަހަމަ ކޮށްފައިވެއެވެ.