ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އެވެ. މި ރަސްމިއްޔާތުގައި، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން، 212 މީޓަރު އެއްގަމުތޮށި ލުމާއި، 407 މީޓަރު ބޭރުތޮށި ލުމާއި، 107 މީޓަރު ބޭރުތޮށި މަރާމާތުކުރުމާއި، 105 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ގްރޮއިންސް ޖެހުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ އިތުރުން ރޭމްޕް އާއި ވޯކްވޭ ބްރިޖް ހެދުމާއި ނޭވިގޭޝަން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 33.72 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.