Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ހިއުމަން ޓްރެފިކިން މައްސަލައިގައި ހިމެނޭ ދެމީހުންގެ ބަންދަށް އިތުރު 15 ދުވަސް

ކްރިމިނަލް ކޯޓު --

ހިއުމަން ޓްރެފިކިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެމީހުންގެ ބަންދު އިތުރުކޮށްފިއެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި މިމަހުގެ 5 ވަނަ ދުވަހު ފުލުހަކު ހިމެނޭ ގޮތަށް ހަތަރު މީހުން ހައްޔަރު ކުރިއެވެ.

އިއްޔަ ބަންދު އިތުރު ކޮށްފައިވަނީ މީގެތެރެއިން އުމުރުން 55 އަހަރުގެ ދިވެހި ފިރިހެން މީހާއާއި، 65 އަހަރުގެ ދިވެހި ފިރިހެން މީހާގެއެވެ. މި ދެމީހުންގެ ބައްދަށް އިއްޔަ ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވެއެވެ.

އެ މީހުންގެ ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ، މިމައްސަލައިގައި އަނިޔާލިބުނު ފަރާތްތައް ދައުލަތުގެ ހިމާޔަތުގެ ދަށުގައި ތިއްބާ، މުއާމަލާތްކުރުމަށް މި ދެމީހުން މަސައްކަތް ކޮށްފައިވާކަމަށެވެ.

މިމައްސަލައިގައި ދެން ހައްޔަރުކޮށްފައިތިބީ ފުލުހަކާއި ބިދޭސީއެކެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ މިމައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ހައްޔަރުގައި ހުރި ފުލުސް މީހާ ހުރީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށެވެ.