Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

މައްސަލަ ހައްލުކޮށް ފްލެޓްތަކަށް ކަރަންޓުދީފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހުޅުމާލެ ފޭސް2 ގައި ހުރި ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުމަށް މެދުވެރިވި މައްސަލަ ހައްލުކޮށް ފްލެޓްތަކަށް ކަރަންޓު ދީފިއެވެ.

ފްލެޓްތަކުން ކަރަންޓު ކެނޑިފައިވަނީ ކޭބަލެއް ބުރިވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް ހުރިހާ ފަލެޓަކަށްވެސް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކޭބަލަށް ގެއްލުންވެފައިވަނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ކަމަށެވެ. އަދި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓި ކެނޑުމުގެ ސަބަބުން، ޓަވަރުތަކުގެ އެންމެ މަތީގައި ހުންނަ ފްލެޓްތަކަށް ފެނުގެ ހިދުމަތްވެސް ވަނީ ކެނޑިފައެވެ.