Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އައްޑޫ ހިރާ ސްކޫލުން، ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ކާމިޔާބުކޮށްފި

އައްޑޫސިޓީ ހިރާ ސްކޫލުން، ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ކާމިޔާބުކޮށްފިއެވެ.

އައްޑޫސިޓީ ހިރާ ސްކޫލުން މި އެވޯޑް ހާސިލުކޮށްފައިވަނީ ދެކުނު އޭޝިޔާ ސަރަހައްދުގެެ ގްލޯބަލް ހައިސްކޫލު ކެޓަގަރީންނެވެ.

އެކަން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި އެވޯޑް ހާސިލުކުރި ހިރާ ސްކޫލްގެ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫ.އޭ.އީ އިން ދޭ ޝަރަފުވެރި ބައިނަލްއަޤްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ޤައުމުގެ ބާނީ އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ޚިދުމަތްތަކަށެވެ.