Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމަށް ފުވައްމުލައްސިޓީގެ ކުރީގެ މޭޔަރު

އަބްދުﷲ ފަލާހް ޝަރީފް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސް ސޯލިހް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ފުވައްމުލައް ސިޓީ، ފުނާޑު، މާނެލް، އަބްދުﷲ ފަލާހް ޝަރީފް އައްޔަނު ކޮށްފައިވަނީ މިއަދު ކަމަށެވެ.

އަބްދުﷲ ފަލާހް ޝަރީފް މީގެ ކުރިންވަނީ ޏ. އަތޮޅުކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައެވެ.