Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ދުބާއީ ދަތުރުފުޅަށްފަހު ރައީސް ސޯލިހް މާލެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހް ވާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ.

މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ދުބާއީ އަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތަށް ފަހު ރައީސް ސޯލިހް ވަނީ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯގައި ބަހައްޓާފައިވާ ޕެވިލިއަންތަކުގެ ތެރޭން ދިވެހިރާއްޖޭގެ ޕެވިލިއަން އާއި ސިންގަޕޫރުގެ ޕެވިލިއަން އާއި އިޓަލީގެ ޕެވިލިއަންގެ އިތުރުން ވިޝަން ޕެވިލިއަން އަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައެވެ.