Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އުކުޅަސް ބަނދަރު މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

އއ. އުކުޅަސް ބަނދަރު މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ އުކުޅަސް އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މިހާރުހުރި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް 12 ޖެނުއަރީ 2022 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން،19,630 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، 580 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އއ. އުކުޅަސް ބަނދަރު މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.