Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ކޮވިޑްގައި މިއަދު ދެ މީހަކު ނިޔާވެއްޖެ

ހުޅުމާލެ މެޑިކަލް ފެސިލިޓީ / ފޮޓޯ: އެޗްއީއޯސީ

ކޮވިޑް19 ޖެހިގެން ފަރުވާ ދެމުންދިޔަ ދެ މީހަކު މިއަދު ނިޔާވެއްޖެ އެވެ.

އައްޑޫލައިވްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަކު ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އަނެއް މީހާ ނިޔާވީ ގަން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ. އެ ދެމީހުނަކީވެސް ލ.ފޮނަދޫއަށް ނިސްބަތްވާ ދެ މީހުނެވެ.

ކޮވިޑް19 އަނެއްކާވެސް ވަނީ ހަލުވި ކަމާއެކު ރާއްޖޭގެ އެކި ރަށްރަކުގައި ފެތުރެން ފަށާފަ އެވެ. މިހާތަނަށް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި 16 ރަށެއް މޮނިޓަރިންގައި އެބަ އޮތެވެ.