Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ފޮތްތަކުގައި ހުންނަ ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ފާސްކުރުމަށް ކޮމެޓީއެއް

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ފާސްކުރުމަށް ކޮމެޓީއެއް އެކުލަވާލައިފިއެވެ.

މި ކޮމެޓީ އެކުލަވާލައި އެކޮމެޓީގެ މެމްބަރުންނާއި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު މިއަދުވަނީ ބައްދަލު ކުރައްވާފައެވެ.

މިކޮމެޓީއުފެއްދުމުގެ މަޤްޞަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައިހުންނަ ކީރިތި ޤުރްއާންގެ އާޔަތްތަކުގައި ކުށްހުރުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. މިކޮމެޓީގެ މަސައްކަތަކީ ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ކުށްހުރިތޯ ބެލުމެވެ.

މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އަލްޙާފިޡް ޑރ. މުހައްމަދު އިޔާޟް އަބްދުއްލަޠީފް (ކޮމެޓީގެ ޗެއަރ)، އައްޝައިޚް އަލްޙާފިޡް މުޙައްމަދު ލަޠީފް (ކޮމެޓީގެ ވައިސް ޗެއަރ)، އައްޝައިޚް ނަޞްރުﷲ ޢަލީ، އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަން، އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤް، އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބް އަދި އަލްޙާފިޡް ޢަބްދުﷲ މަސްޢޫދު އެވެ.

މި ކޮމިޓީ އެކުލަވާލާފައިވާއިރު މިފަހުން ޗާޕު ކުރި އިސްލާމް ފޮތްތަކެއްގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރި މައްސައެއް ފެންމަތިވެ އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.