Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެއާޕޯޓްގެ އޭޕްރަން މަތީގައެވެ.

އެކްސިޑެންޓް ހިނގާފައިވަނީ އެއާޕޯޓްގެ މުވައްޒަފުން އުފުލާ ވެހިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް އެތަނުގައި ހުރި ލައިޓު ޕޯސްޓެއްގައި ޖެހިގެންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އެކްސިޑެންޓްވި ކާރު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.