Last Updated: April 18, 19:44
Thursday, April 18, 2024
ޚަބަރު

އެމްއީސީ ބަދަހި ކަޕް 2022: ޗެމްޕިއަންކަން މިފަހަރުވެސް ހުޅުމީދޫ ޕޮލިސް ޓީމަށް

މީދޫ އެކުވެރިންގެ ޗެއިން އިން މިއަހަރު ބޭއްވި ނެޓްބޯޅަ މުބާރާތުގެ ތަށި ހުޅުމީދޫ ޕޮލިސް ރެކްރޭޝަން ކްލަބުން މިރޭ ކާމިޔާބުކޮށްފި އެވެ.

ހުޅުމީދޫ ޕޮލިސް ރެކްރޭޝަން ކްލަބުން މިތަށި ޖެހި ޖެހިގެން ކާމިޔާބުކުރީ މިއީ ދެ ވަނަ ފަހަރެވެ. ނެޓްބޯޅަ އެސޯސިއޭޝަނާއި ޗެއިން ޖަމިއްޔާއާ ގުޅިގެން މިއަހަރު ބޭއްވި އެމްއީސީ ބަދަހި ކަޕް 2022ގެ ޗެމްޕިއަންކަން އެޓީމުން ހޯދީ އެމްކޭ އާ ބައްދަލުކޮށް ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

ހުޅުމީދޫ ޕޮލިސް ރެކްރޭޝަން ކްލަބުން ފައިނަލަށް ދަތުކުރީވެސް މުބާރާތުގައި ބައިވެރި އެހެން ހުރިހާ ޓީމަކާ ބައްދަލުކޮށް ހުރިހާ މެޗަކުންވެސް މޮޅުވެގެނެވެ.

އެމްސީއީ ބަދަހި ކަޕްގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ އިނާމެއް ދީފައިވެ އެވެ. އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ދީފައިވެ އެވެ.