Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ދިގުރަށަށް ފޮނުވި ސްޓެވޯ ޖަނަރޭޓަރުގެ ހިދުމަތްދޭން ފަށައިފި

އދ. ދިގުރަރަށަށް ފޮނުވި ސްޓެވީ ޖަނަރޭޓަރުގެ ހިދުމަތްދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އދ. ދިގުރަށުގެ ކަރަންޓުގެ ކެޕޭސީިޓީ އިތުރުކުރުމަށްޓަކައި ފޮނުވާފައިވާ އައު ޖަނަރޭޓަރުސެޓް ކޮމިޝަން ކުރެވި، ބުރާސްފަތި ދުވަހު ބޭނުން ކުރަން ފަށާފައިވާކަމަށެވެ.

މި އައު ޖަނަރޭޓަރުސެޓާއެކު، ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 918kW އިން 1518kW އަށް ވަނީ އިތުރު ކުރެވިފައި ވާކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މި ޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕް އިން އެސެމްބަލް ކޮށްފައިވާ މިކުންފުނީގެ ސްޓެވޯ STW600 ގެ ޖަނަރޭޓަރު ސެޓެކެވެ.

މި ޖަނަރޭޓަރު ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ފުރަތަމަ ފަހަރަށް ލޯޑް ދެއްވީ ދިގުރަށު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް އަބްދުލް ރަހީމެވެ.