Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ރައީސް ސޯލިހް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭ ހެދި ޕީސީއާރް ޓެސްޓުން ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ނަމަވެސް ހާލު ރަނގަޅު ކަމަށާއި، އަދި މިވަގުތުހުރީ ގޭގައި އެކަހެރި ވެގެން ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް އެންމެފަހުން ވަޑައިގެންނެވީ ދުބާއީ އަށެވެ. އަދި މިފަހުން ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް އެ ރަށަށް ވަޑައިގެންފައިވެއެވެ. އަދި އެމަނިކުފާނާއި ރައީސް ނަޝީދު މިއަދު ކޮމަންޑޫ ދާއިރާއަށް ވެސް ވަޑައިގަންނަވާގޮތަށް އޮތީ ހަމަޖެހިފައެވެ.