Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

އުރީދޫ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

އުރީދޫން ބުނެފައިވަނީ އެކުންފުންޏަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށް ވާއިރު އެންމެ އިސްކަމެއްދޭ ކަމަކީ ހިއްސާދާރުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމާއި، ހިއްސާދާރުންނާ ގުޅޭ ހުރިހާ ކަމެއްގައި އެންމެހައި ހިއްސާދާރުންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މަސައްކަތްތައް ބައްޓަންކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.

އަދި ކޮވިޑް-19 މިހާރު ފެތުރެމުންދާ މިންވަރަށް ބަލައި، ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ކުރިމަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ފާހަގަކުރެވިފާއިރު، ފޯމު ހުށަހަޅަންޖެހޭ ވަގުތު ފާއިތުވިއިރު، ބައެއް ހިއްސާދާރުން ހުށަހަޅުއްވާފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުޅަހަޅުއްވާފައި ނުވާއިރު، އަނެއްބައި ފަރާތްތަކަކީ މަގާމުގެ ޝަރުތުތައް ހަމަނުވާ ފަރާތްތައްކަމުގައި ކަމަށް އުރީދޫން ބުނެފައިވެއެވެ.

އެހެންކަމުން އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިވާކަމަށާއި، އަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ މަޤްޞަދަކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފުރިހަމަކޮށްފައިވާ ފޯމެއް ހުށަހެޅުމުގެ ހަމަހަމަ ފުރުޞަތު މި ކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އެޕްލިކޭޝަން ފޯމު އީމެލް ކުރައްވާނަމަ، [email protected] އަށް އީމެއިލްކުރެއްވޭނެ ކަމަށްވެސް އުރީދޫން މައުލޫމާތު ދީފައިވެއެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.