Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

އިތާފުށިން ސާވިސްޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި--

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

'މޯލްޑިވްސް ސަރވިސް ޗާޖް އަޕްޑޭޓްސް'ގައި އާންމު ކޮށްފައިވާގޮތުން މިހިނގާ ޖެނުއަރީ މަހު އިތާފުށިން ސަރވިސް ޗާޖުގެ ގޮތުގައި 3320 ޑޮލަރު (51،194 ރުފިޔާ) ދީފައިވެއެވެ.

ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖުދިނީ ވަން އެންޑް އޮންލީ ރީތި ރަށުންނެވެ. އެ ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި 3089 ޑޮލަރު (47،632 ރުފިޔާ) ދީފައިވެއެވެ. އަދި އަނަންތަރާ ކިހާވަށް ވިލާއިން 2126.81 ޑޮލަރު (32،795 ރުފިޔާ) ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވެއެވެ.

ސާވިސް ޗާޖުގައި ގޮތުގައި ނަގާ ފާއިސާ މުވައްޒަފުންނަށް ދިނުމަށް ލާޒިމުކޮށް މިސަރުކާރުންވަނީ ގާނޫނު އިސްލާހުކޮށްފައެވެ. ނަމަވެސް ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ނުދޭ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ސާވިސް ޗާޖު ނުދޭ ތަންތަނާ މެދު ފިޔަވަޅު އެޅޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ.