Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާން 2 މީހުންގެ ބަންދު އިތުރުކޮށްފި

ކްރިމިނަލް ކޯޓު --

ބޫޓު ތެރެއަށް މަސްތުވާތަކެތި އަޅައިގެން ރާއްޖެ އެތެރެކުރަން އުޅުނު ދެ މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.

މިމައްސަލައިގައި ޑިސެމްބަރު 7 ވަނަ ދުވަހު ހައްޔަރު ކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ މުނީރު އަޒިޒް ކިޔާ މީހަކާއި ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ މުހައްމަދު ޔާސީން ކިޔާ މީހެކެވެ.

މިމީހުންގެ ބަންދު މުއްދަތު އިތުރު ކުރުމަށް ޖެނުއަރީ 21 ވަނަ ދުވަހު ކޯޓަށް ގެންގޮސްފައިވާއިރު، ކޯޓު އަމުރުގައި ބުނެފައިވަނީ އޭގެތެރެއިން މުނީރު އަޒިޒް އަރައިގެންހުރި ބޫޓު ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ނަގާފައިވާކަމަށް ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންގެ ބަޔާންތަކުންނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭކަމަށެވެ.

މީގެއިތުރުން މުހައްމަދު ޔާސީން އަރައިގެން ހުރި ބޫޓު ތެރެއިންނާއި، ފުރަގަސްފަރާތުން ގިނަ އަަދަދެއްގެ މަސްތުވާތަކެތި ނަގާފައިވާކަމަށް ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންގެ ބަޔާންތަކުންނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި ދެމީހުންގެ އަތުން ވަނީ 1.9 ކިލޯގްރާމްގެ ޑައިމޯފިން ފެނިފައެވެ.