Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

މިނިސްޓަރު ޔުމްނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޔުމްނާ މައުމޫން-- ފޮޓޯ: ރައީސް އޮފީސް

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި އެކަން ހާމަކުރައްވާފައިވާއިރު، ވިދާޅުވެފައިވަނީ ބައްޔަށް ޕޮޒިޓިވްވުމުން ގޭގައި އެކަހެރިވެގެން ހުންނެވި ކަމަށެވެ. ބަލީގެ ސަބަބުން ގަދަޔަށް ހުން އައުމާއި ގައިގާ ރިއްސާކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އިއްޔަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހާޅުކޮޅު ރަނގަޅު ކަމަށެވެ.

ބާރު ސްޕީޑެއްގައި ކޮވިޑް-19 ފެތުރެމުން އަންނައިރު، އިއްޔަވެސް ރާއްޖެއިން ވަނީ ބައްޔަށް 2300 އަށްވުރެއް ގިނަ މީހުން ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 114،977 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 13،035 ކޭސް އެވެ. މި ބަލިން 101،660 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 48 މީހަކަށެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 270 އަށް އަރާފައެވެ.