Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

މުއްދަތު ހަމަވާ އައިޑީ ކާޑްތައް ޖުލައި 31 ގެ ނިޔަލަށް ބޭނުންކުރެވޭ ގޮތް ހަދައިފި

މުއްދަތު ހަމަވާ އައިޑީ ކާޑްތައް ޖުލައި 31 ގެ ނިޔަލަށް ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަށް ހާޒިރުވާންޖެހޭ ފަރާތްތަށް ވީހާވެސް މަދުކުރުމަށްޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މުއްދަތު ހަމަވާ އައިޑީ ކާޑްތައް 31 ޖުލައި 2022ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ކާޑުގެ މުއްދަތު އިތުރުކޮށް އިޢުލާނުކުރި ކަމުގައި ވިޔަސް ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކަށް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް ވެބް ޕޯޓަލް މެދުވެރިކޮށް އަދި އަތޮޅުތެރޭގައި ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތަށް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅުއްވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ބުނެފައިވެއެވެ.