Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރުކަމުން ޒައިދު އިސްތިއުފާ ދީފި

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން ޝެއިހް އަލީ ޒައިދު އިސްތިއުފާ ދީފި އެވެ.

ޒައިދު އިސްތިއުފާ ދީފައި މިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރަން އަދާލަތު ޕާޓީން ރޭ ނިންމާފައިވަނިކޮށެވެ. އެ ޕާޓީން އެގޮތައް ނިންމީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އޭނާ ގޮވާލާފައިވަނިކޮށެވެ.

އެންމެ ގިނަ ދީނީ އިލްމްވެރިން ތިއްބަވާ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ކޮމެޓީގެ މެމްބަރު ކަމުން ޒައިދު އިސްތިއުފާދެއްވިކަން ހާމަކުރައްވާ އޭނާ ކުރެއްވި ޓުވީޓުގައި ވަކި ސަބެބެއް ވިދާޅެއްނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމުމަށްފަހު އެ ޕާޓީން ބުނެފައިވަނީއެ ގޮތަށް ނިންމީ އެ ޕާޓީގެ ތާއީދު ހޯދުމަށް އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާތީ ކަމަށެވެ

އެގޮތުން ރައީސް ސޯލިހަކީ ވައުދުވެވަޑައިގެންފައިވާ ގޮތަށް ގިނަ ޕާޓީ އެކުލެވޭ ކޯލިޝަން ސަރުކާރެއް ހިންގަވާ ބޭފުޅެއް ކަމަށާއި އަދި އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމައަށް ރައީސް ސޯލިހު ހައްލު ހޯދުމަށް މަސައްކަތްކޮށްދެއްވާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އަދާލަތުން ބުނީ ކަންކަން އެގޮތުގައި ދެމެހެއްޓުމަށް ރައީސް ސޯލިހަށް އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ އެންމެ މަތީ މަސްހަލަތު މިވަގުތަށް އޮތްގޮތް ކަމަށް ޕާޓީގެ މަޝްވަރާ މަޖިލީހަށް ގަބޫލުކުރެވޭ ކަމަށްވެސް އަދާލަތުން ބުނެފައިވެ އެވެ. އަދި ރައީސް ސޯލިހުގެ އެދިވަޑައިގަތުމަށް އިޖާބަދެއްވުމުގެ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމަށްވެސް އަދާލަތުން ބުނެ އެވެ.

ވޭދުވެދިޔަ ރައްްޔިތުންގެ މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެމްބަރު، ޑރ. އަނާރާ ނައީމް ވެސް މިދިޔަ މަހު އަދާލަތު ޕާޓީން ވަނީ ވަކިވެވަޑައިގެންފަ އެވެ.