Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 3 ވަނަ ދުވަހު

2021 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެބްރުއަރީ ތިން ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ފެބްރުއަރީ ތިން ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ އެދުވަހުގެ ހެނދުނު 09:00 އަށެވެ.

އެޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން އިއްވެވުމެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ" ކަމަށެވެ.