Last Updated: June 30, 06:12
Tuesday, June 30, 2026
ޚަބަރު

ހިތަދޫ ގެއެއް ރެއިޑްކޮށް، ބަޔަކު ހައްޔަރުކޮށްފި

ރެއިޑް ކުރި ގެ ހުރި ސަރަހައްދު ބަންދުކޮށް ފުލުހުންގެ ވެހިކަލެއް މަޑުކޮށްލައިގެން.

ސ. ހިތަދޫ "މަނިކު ބޯޅަދަނޑު" ސަރަހައްދުގެ ގެއެއް ރެއިޑްކޮށް، ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ރެއިޑްކޮށްފައި ވަނީ ހިތަދޫ ދޮނަކުޅިގެ އެވެ. އެ ސަރަހައްދު ވަނީ ފުލުހުން ބަންދުކޮށްފަ އެވެ.

އެސަރަހައްދުގައި ހުރި "އައްޑޫ ލައިވް" ގެ ރިޕޯޓަރު ބުނީ އެ ގޭގެ ތެރޭގައި ބައެއް މީހުން ހައްޔަރުކޮށް ފުރަގަހަށް ކޭބަލް ޓައި އަޅައި ހައްޔަރުކޮށް ބައި ތިއްބާފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ތިބި މީހުންގެ ފުރިހަމަ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ހަތް މީހަކު ވަރު ވަނީ ކޭބަލް ޓައި އަޅުވައިފަ އެވެ.

ފުލުހުން އަންނަނީ އެ ގޭގެ ވަށައިގެންވާ ސަރަހައްދާއި ގޯތިތެރެ ޗެކް ކުރަމުންނެވެ.

މި އޮޕަރޭޝަނާ ގުޅޭ ރަސްމީ ބަހެއް ފުލުހުންގެ ފަރާތުން އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.