Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

އައްޑޫގައި ކޮވިޑް ސާމްޕަލް ނަގާނެ ތަންތަން ހަމަޖައްސައިފި

ހިތަދޫ ބޮޑު މަގުގައި ރެންޑަމް ސާމްޕަލް ނަގަނީ، ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާނެ ތަންތަން ހަމަޖައްސައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ، ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ ސާމްޕަލް ނެގުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ، ގޭގެއަށް ގޮސް ސާމްޕަލް ނެގުން މެދުކަނޑާލައިފައިވާކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސާމްޕަލް ނަގާނެ ޕޮއިންޓްތަކެއް ހަމަޖައްސާފައިވާކަމަށާ، ދެން ސާމްޕަލް ނަގާނީ އެތަންތަނުން ކަމަށެވެ.

ސާމްޕަލް ނަގާނެ ސެންޓަރުތައް:

1- ހިތަދޫ – ފްލޫ ކްލިނިކް [18:00 – 21:00]
2- މަރަދޫ، މަރަދޫފޭދޫ – ދަމަނަ ވެށި [14:00 – 18:00]
3- ފޭދޫ – ފޭދޫ ސިއްހީ މަރުކަޒު (ކުރީގެ އަވަށު އޮފީސް) [14:00 – 18:00]
4- ހުޅުމީދޫ – ހުޅުމީދޫ ފްލޫ ކްލިނިކް [09:00 – 11:00]

އޭއީއެޗްއިން ބުނެފައިވަނީ ސާމްޕަލް ޕޮއިންޓްތައް ހާއްސަކުރެވިފައިވާނީ ރިލީސް ސާމްޕަލް، ކޮންޓެކްޓް ސާމްޕަލް އަދި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލް ނެގުމަށްކަމަށެވެ.

އައްޑޫގައި ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 600 އަށް ވުރެ ގިނަ ކޭސް އުޅެ އެވެ.