Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

އަސާސީ ބޭހުގެ އަގު ކޮންޓްރޯލް ކުރުން މާޗް މަހަށް ފަސްކޮށްފި

އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުން މާޗް މަހަށް ފަސްކޮށްފިއެވެ.

އަސާސީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ނެރެފައިވާ، ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި ތަންފީޛު ކުރުމުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައިވާއިރު އެ އިސްލާހުގައި ބުނެފައިވަނީ، އަސާސީ ބޭސްތައް ކޮންޓްރޯލް އަގުގައި ވިއްކަން ޖެހޭނީ އަންނަ މާޗް މަހުން ފެށިގެންކަމަށެވެ.

މިގަވައިދުގައި ވާގޮތުން އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މާޗް 1 ވަނަ ދުވަހުންފެށިގެން ޝާއިއު ކުރަންޖެހެއެވެ.

އެމްއާރުޕީ ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް ބޮޑުވެގެން ލެވޭނީ %100ގެ މާކްއަޕެކެވެ.

މިގަވައިދާއި ހިލާފަށް ބޭސް ވިއްކާނަމަ އެ ފަރާތެއް ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރެވޭނެކަމަށް ގަވައިދުގައި ބުނެފައިވެއެވެ.