Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ހިޔާ ފްލެޓް ސަރަހައްދުގައި ސާމްޕަލް ނަގާނެ އިތުރު ސެންޓަރެއް

މާލޭގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ - ފޮޓޯ: މިހާރު

ކޮވިޑް-19 ގެ ސާމްޕަލް ނަގާނެ އިތުރު ސެންޓަރެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ މިއަދު އެތަނުގެ ހިދުމަތް ފަށާނެކަން ހާމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ހިޔާ ފްލެޓް ނަމްބަރު 8 ކައިރީގައި ސާމްޕަލް ނެގުމަށް އިތުރު ސެންޓެއް ހުޅުވާ މިއަދު 03:30 އިން ފެށިގެން އެތަނުން ސާމްޕަލް ނަގާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސާމްޕަލް ނަގާ ސެންޓަރުން ސާމްޕަލް ނަގާނީ މެންދުރުފަހު 03:30 އިން އިރުއޮށްސި 06:30 އަށެވެ.

މާލޭގައި ބާރު ސްޕީޑެއްގައި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޗްޕީއޭއިން އަންނަނީ ސާމްޕަލް ނަގާނެ އިތުރު ތަންތަން ހަމަޖައްސަމުންނެވެ.

އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި މިވަގުތު 3 ފްލޫ ކްލިނިކް ހުރިއިރު، ސާމްޕަލް ނެގޭނެ ފަސް ތަނެއް ހަމަޖައްސާފައިވެއެވެ.