Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕޭނަށް ޤާސިމް މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

ޤާސިމް އިބްރާހިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕޭނަށް ޤާސިމް އިބްރާހިމް ހިމެނޭގޮތަށް ޖޭޕީގެ ޓީމެއް ދިއުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މިކެމްޕޭނަށް ޤާސިމް ވަޑައިގަންނަވާއިރު އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މިފަހުން ރާޝިދުގެ ކެމްޕޭނަށް އެދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.

ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.