Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ބްރިޖް ސަރަހައްދުގައި ސާމްޕަލް ނަގާނެ އިތުރު ސެންޓަރެއް

މާލޭގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ - ފޮޓޯ: މިހާރު

ކޮވިޑް-19 ގެ ސާމްޕަލް ނަގާނެ އިތުރު ސެންޓަރެއް ސިނަމާލެ ބްރިޖް ސަރަހައްދުގައި ހުޅުވައިފިއެވެ.

ބްރިޖް ޕާކިން ޒޯންގައި ހުޅުވާފައިވާ ސާމްޕަލް ނަގާ ސެންޓަރުން މިއަދު ހެނދުނު 09؛00 އިން ފެށިގެން އަންނަނީ ސާމްޕަލް ނެގުމުގެ ހިދުމަތް ދެމުންނެވެ.

މިފަހުން އެޗްޕީއޭއިން ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި އަދި ހެންވޭރު ދަނޑުގައިވެސް ސާމްޕަލް ނަގާ ސެންޓަރު ހުޅުވާފައެވެ.

މާލޭގައި ބާރު ސްޕީޑެއްގައި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޗްޕީއޭއިން އަންނަނީ ސާމްޕަލް ނަގާނެ އިތުރު ތަންތަން ހަމަޖައްސަމުންނެވެ.

އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި މިވަގުތު 3 ފްލޫ ކްލިނިކް ހުރިއިރު، ސާމްޕަލް ނެގޭނެ 3 ތަނެއް ހަމަޖައްސާފައިވެއެވެ.