Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ހާލަތު ގޯސް، ފާއިތުވި 5 ދުވަސްތެރޭ 17 ރަށް މޮނިޓަރިންގެ ހާލަތަށް

ފޮޓޯ: މިހާރު

ކޮވިޑް-19 ގެ ހާލަތު ގޯސްވެ ފާއިތުވި ފަސް ދުވަސްތެރޭގައި ރާއްޖޭގެ 17 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިހާރު ރާއްޖޭގެ 30 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތްކަމަށެވެ.

އެގޮތުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަކީ ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރި، ގދ. ތިނަދޫ، ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ އަދި ގއ. ކޮލަމާފުށިއެވެ.

ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު މިދުވަސްވަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން އަންނައިރު އިއްޔަވެސް ވަނީ 2609 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 122،777 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 16،666 ކޭސް އެވެ. މި ބަލިން 105،827 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 57 މީހަކަށެވެ. ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 272 އަށް އަރާފައެވެ.