Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވާތީ ޕީޖީ އޮފީހުގެ މަސައްކަތްތަކަށް ބަދަލުގެނެސްފި

ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން

ކޮވިޑް-19 ގެ ހާލަތު ގޯސްވާތީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މަސައްކަތްތަކަށް ބަދަލު ގެނެސްފިއެވެ.

އެކަން ހާމަކޮށް ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑުގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ، ޕީޖީ އޮފީހުގެ މަސައްކަތްތަކަށްވެސް ބަދަލު ގެނެސް، މުވައްޒަފުން ދެބަޔަކަށް ބަހައި، ހަފްތާއަކު ގްރޫޕަކުން މަސައްކަތްކުރާ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ހިދުމަތްތައް ކުޑަކޮށް ލަސްވެދާނެކަންވެސް ފާހަގަކުރެއްވިއެވެ.

މީގެކުރިންވެސް ކޮވިޑް-19 އާ ގުޅިގެން އެކި އޮފީސްތަކުގެ މަސައްކަތްތައް ކުރަމުން އައި ގޮތަށް ބަދަލުގެނެސްފައިވެއެވެ.

ރާއްޖޭގެ މިހާރުގެ ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޮސްވެފައިވާއިރު ދެވާލެއްގެ މައްޗަށް އެވްރެޖްކޮށް 2000 އަށްވުރެއް ގިނަ މީހުން އަންނަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.