Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ކޮވިޑް-19 ގައި އިތުރު މަރެއް، ޖުމުލަ އަދަދު 273

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 01:54 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 273 އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 125،590 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 16،673 ކޭސް އެވެ. މި ބަލިން 108،632 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 57 މީހަކަށެވެ.