Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ސަމާލުވޭ، 31 ރަށެއް މޮނިޓަރިންގެ ހާލަތުގައި

ފޮޓޯ: އަހުމަދު ޝުރާއު/އޭއެފްޕީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ 31 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިހާތަނަށް 31 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.

އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރި، ގދ. ތިނަދޫ، ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި އަދި ނ. ނާޅެންދޫއެވެ.

މާލެއެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކޮވިޑް-19 އަންނަނީ ބާރު ސްޕީޑެއްގައި ފެތުރެމުންނެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 125،590 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 16،673 ކޭސް އެވެ. މި ބަލިން 108،632 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 57 މީހަކަށެވެ.