Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ކުޅުދުފުއްޓާއި ތިނަދޫ ޕޯޓު ޑިވިލޮޕްމަންޓް މަސައްކަތް އެމްޓީސީސީއަށް

ކުޅުދުއްފުށިސިޓީގެ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫއާއި ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިމަޝްރޫއުތައް އެމްޓީސީސީއަށް ހަވާލުކުރުމަށް މިއަދު ހެނދުނު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން އެއްބަސަވުމުގައި ސޮއި ކުރެއްވީ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖިނިއާ އާދަމް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ކުޅުދުއްފުށި ޕޯޓް މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުމާއި އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުންހިމެނެއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ 495 ދުވަސް ތެރޭގައި ނިންމާގޮތަށް 138 މިލިއަން ރުފިޔާއަށެވެ.

ތިނަދޫ ޕޯޓް މަޝްރޫއުގެ ދަށުން ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއާ ހައުސް، ވޯކްޝޮޕް އިމާރާތް، ނެރުބައްތި ހަރުކުރުން އަދި ފެންޑާ ހަރުކުރުން ހިމެނެއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސް ތެރޭގައި ނިންމާގޮތަށް 17 މިލިއަން ރުފިޔާއަށެވެ.