ސ. ހިތަދޫގައި ކާރަކާއި ސައިކަލެެއް ޖެހިގެން ދާދި ދެންމެއަކު އެކްސިޑެންޓެއް ހިނގައިފި އެވެ.
ަެަަ
އެ ރަށު "އެމެރަލްޑް" ފިހާރަ ކައިރީގައި ހިނގި މި އެކްސިޑެންޓްގައި ދެ ވެހިކަލްގައި ތިބި އެއްްވެސް މީހަކަށް ގެއްލުމެެއް ނުލިބުނު ނަމަވެސް ކާރިގެ ބަފަރަށް ކޮންމެވެސް ވަރަކަށް ގެެއްލުން ލިބިފައިވެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ކުރިމަތިން އޮތް ގޯޅިން، ބޮޑު މަގުން ދުއްވާފައި ދިޔަ ކާރެއް ގޯޅިތެރެ އަށް ވަންތަނުން ބޮޑު މަގަށް ނިކުންނަން އުޅުނު ވޭވް ސައިކަލުގައި ޖެހިންގެންނެވެ. މި ހާދިސާ ހިނގި އިރު ސައިކަލްގައި އިނީ ދުއްވަން އިން މީހާ އެކަންޏެވެ.
އިއްޔެ ވެސް ހަމަ މި ސަރަހައްދުގައި މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ހިތަދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 27 އަހަރުގެ ޒުވާނަކު ފަރުވާ ދިނުމަށް މާލެ ފޮނުވާލައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ހުކުރު ދުވަހު ވަނީ މަރުވެފަ އެވެ.