Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ހިރިމަރަދޫ ގޮނޑުދޮށުގައި މީހަކު މަރުވެފައިއޮށްވާ ފެނިއްޖެ

ހދ.ހިރިމަރަދޫ--

ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ، އިއްޔެ މެންދުރު ފަހު 1:30 އެރަށު އަތިރިމަތީން ރާޅު ޖަހާ ހިސާބު މޫދުތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށެވެ.

މަރުވެފައި އޮށްވާ ފެނިފައިވަނީ 71 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނެފައިވަނީ މިހާތަނަސް ބެލިބެލުމުން އެމީހާގެ ހަށިގަނޑުން ޒަހަމެއް ފެނިފައިނުވާކަމަށެވެ. އެހެންނަމަވެސް އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.