ކޮވިޑް-19ގެ ވެކްސިންގެ ހަމަހަމަކަން ޤާއިމްކުރުމަށް އދ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ޑަބްލިޔު.އެޗް.އޯގެ ވެރިޔާ ތާއީދު ކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ވެކްސިން ހަމަހަމަކޮށް ހުރިހާ ފަރާތްތަކަށް ލިބޭނެކަމަށް ކަށަވަރު ކުރުމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެ ކެމްޕޭނުގައި ދުނިޔޭގެ ލީޑަރުންވެް ބައިވެރިވުމަށް ގޮވާލައްވާފައިވެއެވެ.
I welcome Abdulla Shahid @UN_PGA's leadership to help us ensure equitable access to #COVID19 vaccines, and call on world leaders to join the campaign: https://t.co/cMWowdwHS8
We all must stand for #VaccinEquity! pic.twitter.com/EALwXUIF23
— Tedros Adhanom Ghebreyesus (@DrTedros) January 27, 2022
އދގެ ޢާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި ޝާހިދުވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ގޮވާލައްވާފައެވެ.